މާލެ: 31°C
ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

June 22, 2024
2 ފަހަރު ބަލާފައި
ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހދ.ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ އެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި މީހާ އަކީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހެއް ކަމަށާއި، ރޭ އެ މީހާ ކޮޓަރިއަށް ވަތްގޮތަށް ހަބަރެއްނުވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ބެލި ބެލުމުން ކަމަށެވެ. ފުލުހުން ގޮސް ބެލި އިރު އެމީހާ އޮތީ އެއްވެސް ހަރަކާތެއް ނެތި ހަބަރު ހުސްވެފައި ކަމަށާއި، އެހެން ކަމުން އެ ރަށުގެ ހެލްތު ސެންޓަރަށް އެ މީހާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ގައި މަރުވެފައި ވަނީ އުމުރުން 64 އަހަރުގެ  އަހުމަދު ޖަލީލް ނަމަކަށް ކިޔާ މީހެކެވެ. މި މީހާއަކީ މާލޭ މީހެއް ނަމަވެސް މިހާރު ދިރިއުޅެމުން ދިޔައީ އެ ރަށުގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ