
ހަނިމާދޫގައި އިންވެސްޓްކުރަން ފަސޭހަވާނެ: ކައުންސިލް
ހަނިމާދޫގައި އިންވެސްޓްކުރަން ފަސޭހަވާނެ: ކައުންސިލް
ލިޔުން:
ހަނީމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއާ އެކު ޓޫރިޒަމް ދާއިރާއިން އެރަށުގައި އިންވެސްޓްކުރަން އެދޭ ފަރާތްތަކަށް ބޮޑު އެއްބާރުލުމެއް ދޭނެ ކަމަށާއި އެރަށުގައި އިންވެސްޓްކުރަން ފަސޭހަވާނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރުގުރާމުގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ރޭ ވިދާޅުވީ ހަނިމާދޫގައި އިންވެސްޓް ކުރުމަށް އެރަށުގެ ފަރާތްތަކާއި އަދި ރަށުން ބޭރުގެ ފަރާތްތަކައްވެސް އެފުރުސަތު އެބައޮތް ކަމަށެވެ. އިންވެސްޓު ކުރަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ހަނިމާދޫން މަރުހަބާ ކިޔާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަނިމާދުއަކީ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެ ރަށަކައް ހަދަން ކުރެވެން އޮތް ހުރިހާކަމެއް ކައުންސިލުން ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައިވެސް ހުންނާނެ ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް، ނަމަވެސް އެހުރިހާ ކަމަކާ ކުރިމަތިލާ ހައްލުކުރެވިގެން ދިޔާމާ އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ އެއްމެންނަށްވެސް އޭގެ ލާބައާއި މަންފާ ލިބޭނެ ކަމައް". ހަސަން ވިދާޅުވިއެވެ.
ސަރުކާރުން ބުނަމުން އަންނަ ގޮތުގައި ރާއްޖޭގެ އުތުުރަށް ޓޫރިޒަމް ފުޅާކުރަން މިހައިތަނަށް އޮތް ހުރަހަކީ އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަން އެކަށީގެންވާ ދަތުރުފަތުގެ ނިޒާމެއް ނެތުމެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކުން ހިންގާ މަޝްރޫއު ފެށީ މިދިޔަ ބުދަދުވަހު އެވެ. އެ މަޝްރޫއު ފަށަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވީ ތިލަދުންމަތިން މިހާރު ޓޫރިޒަމަށް ދޫކޮށްފައިވާ ބައެއް ރަށްތައް އަދިވެސް ނުހެދި ހުރީ އެ ސަަރަހައްދަށް ޓޫރިސްޓުން އުފުލަން އުނދަގޫވީމާ ކަމަށެވެ. އެކަން ހަމަޖައްސަން ރިސްކްނަގާނީ ކާކުތޯ ސުވާލު އުފެދުނުކަމަށާއި ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ އެ ރިސްކް ނަންގަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެވި މަޝްރޫއެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
