މާލެ: 31°C
ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތަށް ފަށައިފި

ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތަށް ފަށައިފި

April 12, 2024
2 ފަހަރު ބަލާފައި
ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތަށް ފަށައިފި
ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަން އާއި ރީޖަނަލްސް އެއާޕޯޓް ގުޅިގެން މި ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. މޯލްޑިވިއަނުން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ފްލައިޓްތަށް ފެށުމުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް އޮންނާނެއެވެ. ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް މީގެ ކުރިން ވެސް މޯލްޑިވިއަނުން ކުރަމުންދިޔަ ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާތީ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ