
ހަމާސްގެ އިސްވެރިޔާ ހަނިއްޔާ ޝަހީދުކޮށްލައިފި
ހަމާސްގެ އިސްވެރިޔާ ހަނިއްޔާ ޝަހީދުކޮށްލައިފި
ލިޔުން:
ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އިސްވެރިޔާ އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލައިފިއެވެ.
އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑް ކޮޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އީރާން ޓީވީން އެކަން އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ ހަމާސްއިންވެސް ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނެއްގައި ބުނެފައި ވަނީ ހަނިއްޔާ ޝަހީދުކޮށްލައިފައި ވަނީ އީރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ބައިވެރިވެވަޑައިގަތުމަށް ފަހު ތެހެރާނުގައި އޭނާ ދިރިއުޅޭ ގެއަށް "ޒަޔަނިސްޓުން" ދިން ހަމަލާއެއްގައި ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އޭޕްރީލް މަހު ޣައްޒާއަށް ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ފިރިހެން ކުދިންނާއި ކާފަ ކުދިންވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ހަނިއްޔާ ޝަހީދު ކޮށްލިއިރު އުމުރުފުޅަކީ 54 އަހަރެވެ. މިދިޔަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ ބިއުރޯގެ ޗެއާމަންކަން ކުރައްވައިފައިވާ ހަނިއްޔާ ދިރިއުޅުއްވަނީ ގަތަރުގައެވެ. އަދި އޭނާ އެ މަގާމަށް އިންތިހާބުކުރީ 2017 މޭ 6 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
