ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ޖުލައި 7 ގައި

ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ޖުލައި 7 ގައި
ލިޔުން:
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ 7 އިން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސް ނިމޭނީ އަންނަ މަހުގެ 14 އަށެވެ. ހައްޖާޖީންގެ ގެނައުމަށް ހަތް ފްލައިޓެއް ހަމަަޖެހިފައިވާއިރު، ފުރަތަމަ ދެ ފްލައިޓް އޮންނާނީ ޖުލައި 7 ގައެވެ. އެ ދުވަހު ރާއްޖެ އަށް އަންނާނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެކެވެ. އަދި ތިންވަނަ ފްލައިޓުން އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އިތުރު ހައްޖާޖީންތަކަކާ އެކީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު، ޖުލައި 11 ވަނަ ދުވަހު ހަތަރު ވަނަ ފްލައިޓުން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިން އަންނާނެ އެވެ. ފަސް ވަނަ ފްލައިޓް ޖުލައި 12 ގައި އަންނާނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައިދިޔަ ހައްޖާޖީންނާ އެކީގައެވެ. އަދި ފަހު ފްލައިޓް ޖުލައި 14 ގައި އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ބަޔަކާ އެކީގައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހައްޖުވެރިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
