މާލެ: 31°C
ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށާއި ދިވެހި މީޑިޔާއަށް ފުރުސަތުދެއްވުމަށް ޑރ. ޝަހީމް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފި

ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށާއި ދިވެހި މީޑިޔާއަށް ފުރުސަތުދެއްވުމަށް ޑރ. ޝަހީމް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފި

January 10, 2024
4 ފަހަރު ބަލާފައި
ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށާއި ދިވެހި މީޑިޔާއަށް ފުރުސަތުދެއްވުމަށް ޑރ. ޝަހީމް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފި
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި އުމްރާވެރިންނާއި ހައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުމެއް އަރުއްވާ، ހައްޖު ކޯޓާ އިތުރުކޮށް ދެއްވުމަށާއި މީޑިއާއަށް ފުރުސަތު ދެެއްވުމަށް ދިވެހި ސަރުކާރުން އެދިފިއެވެ. މިއަދު ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު، ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރައްވައި ހާއްސަ ހަނދާނީ ލިއުމެއް ވަނީ އަރުވާފައެވެ.  މި ބައްދަލުވުމުގައި ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރުކުރުމަށް ދިވެހި މީޑިޔާ އަށް ފުރުސަތު ދެއްވުމަށް ވެސް ޑރ ޝަހީމްވަނީ އެދިވަޑައިގެންފައެވެ. ޑރ ޝަހީމްގެ ވާހަކަފުޅުގައި ސައޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދަނީ ދެއްވަމުންނެވެ. އެގޮތުން ހައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން ކޮށްދެއްވަމުން ގެންދަވާ ހިދުމަތް  މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މާތް ހަރަމްފުޅަށާއި ހައްޖާއި އުމްރާއަށް ދާ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުހައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. އޭގެ އިތުރުން ، ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް ޑރ ޝަހީމް އެދިވަޑައިގަތެވެ. ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކުރުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ހައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޑރ ޝަހީމް ހައްޖު މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ. ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ