ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި
ލިޔުން:
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި އިސްކޮށް ހުންނެވީ ނައިބް ރައީސް އެވެ.
ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާ ކަމަށްވާއިރު، އޭގެ ތެރެއިން ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.
މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސް ނިމޭނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.
ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ ތިން މީހަކު ނިޔާވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
