މާލެ: 31°C

ހައްޖުކޯޕަރޭނުގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި

July 1, 2026
59 ފަހަރު ބަލާފައި
ހައްޖުކޯޕަރޭނުގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، ދ ކުޑަހުވަދޫ ޝަބްނަމީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަން ކޮށްފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، ދ ކުޑަހުވަދޫ ޝަބްނަމީގެ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަން ކޮށްފި އެވެ.

ފިރުޒުލް އަކީ ރައީސް ޑރ މުިއއްޒުގެ އިންތިގާލީ އޮފީހުގެ ސްޕޯކްސް ޕާސަންގެ މަޤާމު އަދާކުރެއްވި ބޭފުޅާ އެވެ. އަދި މި ސަރުކާރުން ފުރަތަމަ އައްޔަނުކުރެއްވި ސަރުކާރުގެ ސްޕޯކްސް ޕާސަންއަކީވެސް ފިރުޒުލް އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވިއިރު ފިރުޒުލް ހުރީ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

ހައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަޤާމަށް ފިރުޒުލް އައްޔަން ކުރެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރަކު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ