މާލެ: 31°C

ހައްޖަށް މީހުން ގެންދިއުމުގައިވެސް ރިޝްވަތު! ގިނައިން ލާރިދޭ މީހަކަށް ފުރުޞަތު!

ހައްޖަށް މީހުން ގެންދިއުމުގައިވެސް ރިޝްވަތު! ގިނައިން ލާރިދޭ މީހަކަށް ފުރުޞަތު!
April 27, 2023
2 ފަހަރު ބަލާފައި
ހައްޖަށް މީހުން ގެންދިއުމުގައިވެސް ރިޝްވަތު! ގިނައިން ލާރިދޭ މީހަކަށް ފުރުޞަތު!
ރާއްޖެއިން ހައްޖަށް މީހުން ގެންދާ ބައެއް ގްރޫޕްތަކުން ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގައިގެން މީހުން ހައްޖަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތުލިބިއްޖެއެވެ. މިނިވަން ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ ހައްޖަށް ދާން ފައިސާ ދެއްކުމުން އަވަހަށް ހައްޖަށް ދެވޭނީ އަދި އިތުރަށް ފައިސާ ދީގެން ކަމަށް ހައްޖަށް މީހުން ގެންދާ ޖަމާއަތުން ބުނެފައިވާ ކަމަށެވެ. މިގޮތުން އިތުރަށް ފައިސާ ދައްކާފައިވާ ކަމަށާއި މިހާރު އެއްލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށެވެ. އޭނާ ފައިސާ ދެއްކީ ހައްޖަށް މީހުން ގެންދިއުމަށް މިފަހަރު ކޯޓާ ދިން ގްރޫޕަކަށް ކަމަށް އޭނާ ބުންޏެވެ. "އަޅުގަނޑުމެން ހައްޖައްދާން ލާރި ދެއްކީމަ މި ބަނީ މިފަހަރުގެ ޓީމްގައި ހިމެނޭނީ އަދި އިތުރަށް 50 ހާސް ދެއްކީމައޭ. އެހެން ނޫނީ ތަރުތީބުންނޭ ދާނީ. ޔަޤީން ކަމެއް ނެތޭ މިފަހަރު. ދެން އަޅުގަނޑުމެން ހައްޖަށް ދާން ބޭނުންވެފަވާލެއް ބޮޑުކަމުން އެކޮޅުން ބުނި ވަރަށް ފައިސާ ދެއްކީ. މިގޮތުން ލައްކައަކަށްވުރެ ރުފިޔާ ދެއްކިއްޖެ." ހައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކި މީހަކު ބުންޏެވެ. ހައްޖަށް މީހުން ގެންދިއުމުގައި އިތުރަށް ލާރިނަގާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޝައިހު އަލީ ޒައިދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ޓުވީޓްތަކެއް ކުރައްވާފައެވެ. މިގޮތުން މޭޒުދަށުން ބައެއް ހައްޖު ގްރޫޕްތަކުން އެއްލައްކަ ފަންސާސްހާސް ރުފިޔާ ނަގަމުންދާކަމަށް އަޑުއިވިފައިވާކަމަށް ޝެއިހު ވިދާޅުވިއެވެ. "ވަކިއަދަކަށް ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ބިޑް ކާމިޔާބުކުރުމަށްފަހު މޭޒުދަށުން ބައެެއް ހައްޖުު ގްރޫޕްތަކުން 150ހާސް ރުފިޔާ ނަގާ ވާހަކަ އަޑުއަހައިފިން. މިފައިސާ ހަލާލެއް ނުވާނެ. ބިޑު ކާމިޔާބުކުރާކަށް މަޖުބޫރު ކަމެއްނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ." ޝެއިހު ޒައިދު ކުރެއްވި ޓްވީޓެއްގައިވެއެވެ.   https://twitter.com/alizaid1000/status/1650775831512510464 ޝެއިހު ޒައިދު ވިދާޅުވީ، ފަރުޟު ޙައްޖުކުރެވެން އޮތީ ހައްޖު ގްރޫޕުން ޑިމާންޑްކުރާ ނާޖާއިޒް ހުރިހާ ލާރިއެއް ދައްކައިގެން ވާނަމަ، ޙައްޖުވެރިޔާއަށް އެކަން ހުއްދަވާނެކަމަށާއި އަދި ނުބައި ތަޙަންމަލްކުރުން އޮތީ އުޞޫލުން ބޭރުން އެފައިސާ ނަގާ ގްރޫޕްތަކަށް ކަމަށެވެ. އަދި މިފައިސާ ހަލާލު ނުވާނެ ކަމަށާއި ހުއްދަގޮތުގައި ވިޔަފާރިކުރުމަށް ޝެެއިހު ވަނީ ގޮވާލާފައެވެ.     މި އަހަރު ހައްޖަށް މީހުން ގެންދިއުމުގު އަގު ކަނޑައަޅައި ތިން ކުންފުންޏަކަށް ސަރުކާރުން ވަނީ 270 ކޯޓާ ދީފިއެވެ.
ހުއްދަދިން ކުންފުނި ތަކާއި އަގުތަކަކީ :
  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު – 75،250 ރުފިޔާ
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު – 75،465 ރުފިޔާ
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު – 75،000 ރުފިޔާ.އިސްލާމިކް މިނިސްޓީއިން ބުނި ގޮތުގައި ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެކެވެ.ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން ގިނަ ކޯޓާ ދީފައި ވަނީ ހައްޖުކޯޕަރެޝަނަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ