
ހައްޖަށް މީހުން ގެންދަން ކުރިމަތިލާން ހުޅުވާލައިފި
ހައްޖަށް މީހުން ގެންދަން ކުރިމަތިލާން ހުޅުވާލައިފި
ލިޔުން:
ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯޒަލް ހުޝައެޅުމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒްއިން އިއުލާންކޮފިއެވެ.
އެމިނިސްޓްރީއިން ކުރި އިއުލާންގައި ބުނީ 1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން މާކްސް ލިބޭ ތިން ފަރާތަކަށްކަމަށެވެ. އަދި އެއި ކޮންމެ ފަރާތަކަށް މިއަހަރު 90 ކޯޓާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 2023 މާރިޗް 2 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި އެމިނިސްޓްރީގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 13 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށް އެކަނި ކަމަށްވެސް ވެސް ބުންޏެވެ.
މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން ފެށިގެން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެ އެވެ. މިނިސްޓްރީއިން ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށައަޅާ ޕްރޮޕޯޒަލްތައް ބަލައި ނުގަންނާނެ ކަމަށް އިއުލާން ގައި ބުނެފައިވެއެވެ.
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ސައުދީ ސަރުކާރުން 1000 ކޯޓާ ވަނީ ދީފައެވެ. އަދި ސަރުކާރުން އިތުރު ކޯޓާ ހޯދުމަށް ސައުދީ ސަރުކާރާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
