ހައްޖައް މީހުން ގެންދަން 11 ކުންފުންޏަކުން ބިޑް ހުށައަޅައިފި

ހައްޖައް މީހުން ގެންދަން 11 ކުންފުންޏަކުން ބިޑް ހުށައަޅައިފި
ލިޔުން:
1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ބިޑް ހުށައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ 11 ކުންފުންޏަކުން ހުށަހަޅާފައިވީ ނަމަވެސް އޭގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ ޖުމްލަ 1000 ކޯޓާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށާއި އެހެން ގައުމުތަކަށް ވެސް ކުރިން ދެމުން އައި ވަރަށް ހައްޖު ކޯޓާ ދޭން ސައުދީ ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެޅި ފިޔަވަޅުތައް އުވައިލާފައި ވާތީ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ހައްޖު ކޯޓާ މަދުކޮށްފައި އޮތުމުން ރާއްޖެއަށް މިދިޔަ އަހަރު ދިނީ 453 ކޯޓާ އެވެ.
ރާއްޖޭގެ ކޯޓާ 2،000 އަށް އިތުރުކުރަން ސަރުކާރުން ވަނީ ސައުދީ ސަރުކާރުގައި އެދިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
