މާލެ: 31°C

ހައްޖަށް ގެންދަން ގިނައަދަދެއްގެ ފައިސާ އަތުލާ މައްސަލަ ބަލަނީ

ހައްޖަށް ގެންދަން ގިނައަދަދެއްގެ ފައިސާ އަތުލާ މައްސަލަ ބަލަނީ
May 4, 2023
2 ފަހަރު ބަލާފައި
ހައްޖަށް ގެންދަން ގިނައަދަދެއްގެ ފައިސާ އަތުލާ މައްސަލަ ބަލަނީ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަދީފައިވާ އަމިއްލަ ކުންފުންޏަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގިތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ބައެއް އަމިއްލަ ކުންފުނިތަކުން މީހެއްގެ އަތުން 150،000 ރުފިޔާ ނަގާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ކުންފުންޏަށެވެ. އެއީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް، އަލްހަރަމައިން ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.އެކުންފުނި ތަކަށް ހުއްދަދިނީ 75،000 ރ. ގެ އަގަކަށެވެ.

ނަމަވެސް އަމިއްލަ ކުންފުނިތަކުން ގާތްގަޑަކަށް ތިންގުނައަށް އަގު ބޮޑުކޮށްގެން ސްލޮޓް ރިޒާވްކުރަމުންދާކަމަށް ވަރަށް ގިަނ މީހުން ސޯޝަލްމީޑިއާ ގައި ވެސް ދަނީ އެވާހަކަ ދައްކަމުންނެވެ.
ރާއްޖެއަށް މިއަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ