ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ދިވެހި ހައްޖު މިޝަނުން ބުނި ގޮތުގައި ނިޔާވެފައި ވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ޙަސަން (72) އެވެ. އެނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖޭ ގަޑިން އިއްޔެ އިރުއޮއްސި 6:17 ގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ. މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުހައްމަދު ނަސީމް އަލީ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:55 ހާއިރު އޭނާ ނިޔާވެފައި އޮތްވާ ފެނުނީ ނޫރު ފަރުބަދައާއި ދިމާލުންނެވެ. މީގެއިތުރުން ހާލު ދެރަވެގެން 85 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި އަންހެނަކަށް އަންނަނީ އައިސީޔޫގައި ވެސް ފަރުވާ ދެމުންނެވެ. ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 އާއި 14 އާ ދޭތެރޭގަ އެވެ.
ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ
ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
