އިސްލާމިކް މިނިސްޓްރީން ބުނީ ނަސީމް ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެމިނިސްޓްރީން އަށް ލިބުނީ ރޭ މެންދަމު 2 ޖަހަން އުޅެނިކޮށް ކަމަށެވެ.
ނަސީމް އަށް ވީގޮތެއް ނޭނގިގެން ހޯދަން ފެށީ އަރަފާތަށް ދިއުމުގެ ކުރިން، ހައްޖު މަހުގެ 8 ވަނަ ދުވަހުގެ ރޭ މިނާގައި ތިބި އިރު ކަމަށް މައުލޫމާތު ލިބެއެވެ. ދިވެހި ހައްޖު މިޝަނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި ހަރަމައިން ކުންފުނިން ، ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީމް ނިޔާވިކަން އެނގުނީ ހައްޖުގެ ތެރޭގައި ނިޔާވާ މީހުންގެ ލިސްޓް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އާއްމުކުރިއިރު އެލިސްޓްގައި ނަން އޮތުމުންނެވެ. މިހާރު އުމުރުން ދުވަސްވެފައިވުމުން ނަސީމުގެ ހަނދާނުގެ މައްސަލަ ހުންނަ ކަމަށާއި ނަފްސާނީ ފަރުވާ ކުރާކަމަށް އާއިލާއިން މީޑިއާއަށް މައުލޫމާތުދީފައިވެއެވެ.






