ހައްޖާޖީންނަށް އެހީތެރިވުމުގައި އަރބަންކޯ!

ހައްޖާޖީންނަށް އެހީތެރިވުމުގައި އަރބަންކޯ!
ލިޔުން:
މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ދަތުރުގައި އެހީތެރިވުމަށް އާރބަންކޯ އިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.
ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ހިދުމަތް އާބަންކޯއިން ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އާރބަންކޯ އިން ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ވެސް އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށެވެ.
ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.
އެގޮތުން ޖުމްލަ ތިން ދުވަހަކަށް ބަހާލައިގެން ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދަން ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ 243 ހައްޖުވެރިން އެއާޕޯޓަށް އުފުލާދީފައެވެ. އަދި 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވެސް 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ ފުރާފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ 295 ހައްޖާޖީންނެވެ. މި ހައްޖާޖީން ފުރީ އިއްޔެ ހަވީރު އޮތް 15:10 ގެ ފްލައިޓުންނެވެ.
މިއަހަރު ހައްޖަށް ފުރާ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ މިއަދު 12:50 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
