ހައްޖާޖީންގެ ފުރަތަމަ ގްރޫޕާ ނައިބު ރައީސް ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވެއްޖެ

ހައްޖާޖީންގެ ފުރަތަމަ ގްރޫޕާ ނައިބު ރައީސް ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވެއްޖެ
ލިޔުން:
1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަދު ފުރާ 294 ހައްޖާޖީންނާއި އެފަރާތްތަކުގެ އާއިލާތަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އެބޭފުޅުންގެ ހާލު ބައްލަވައިލައްވައި ދަތުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
މީގެ އިތުރުން ވެސް ނައިބު ރައީސް ވަނީ ފާއިތުވި އަހަރުތަކެކޭ އެއްފަދައިން ދިވެހި ހައްޖާޖީންގެ ކަންކަން ފުރިހަމަކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެބޭފުޅުންގެ އިންތިޒާމުތައް ސަރުކާރުން ވަރަށް ގާތުން ބަލާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގަންނަވާފައެވެ.
މިއަހަރުވެސް ހައްޖާޖީން ފުރުމަށްޓަކައި އެއަރޕޯޓަށް ގެންދިޔުމުގެ ކަންކަން ސަރުކާރުން ވަނީ އިންތިޒާމްކޮށްދީފައެވެ . އަދި ފުރުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީންނާއި އެ ފަރާތްތަކުގެ އެހީތެރިން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
