މާލެ: 31°C

ހައްޖުދަތުރު ގައި ހިލޭ މަސައްކަތްކޮށްދޭނެ މީހުން ހޯދަން އަލުން އިއުލާނުކޮށްފި

ހައްޖުދަތުރު ގައި ހިލޭ މަސައްކަތްކޮށްދޭނެ މީހުން ހޯދަން އަލުން އިއުލާނުކޮށްފި
March 18, 2023
2 ފަހަރު ބަލާފައި
ހައްޖުދަތުރު ގައި ހިލޭ މަސައްކަތްކޮށްދޭނެ މީހުން ހޯދަން އަލުން އިއުލާނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން 1444 ވަނަ އަހަރުގެ ހައްޖަށް މީހުން ގެންދާ އިރު އެ ހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ. ހައްޖުކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން، ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަަސައްކަތްކުރާނެ ފިރިހެނުން ހޯދަން ދެވަނަ ފަހަރަށް އިއުލާނުކުރީ ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ނުލިބުމުންނެވެ. އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތަކީ އެ އިއުލާނުގައިވާ ގޮތުން، އަސާސީ ތައުލީމު ހާސިލޮށްފައި ވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވުމެވެ.

ކުރަން ޖެހޭ މަަސައްކަތްތައް

  • ހައްޖުވެރިންނަށް ދޭން ޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް ދެމުން ގެންދިއުން
  • ދަތުރުގައި ހައްޖުވެރިންނަށް  އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ދިނުން
  • ހައްޖުވެރިންނަށް ދިމާވާ އެކި ކަންކަން ހައްޖުކޯޕަރޭޝަނުގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުުރުން.
  • ކެއުމުގެ އިންތިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން
  • ބާޒާރުކުރުމާއި ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާއި ގުދަންކުރުން
  • ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވުން
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެެރިކަން ފޯރުކޮށްދިނުން
ހައްޖުދަތުރުގައި ހައްޖުކޯޕަރޭޝަނަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ އެކަމަށް އެދޭ ފޯމާއި އައިޑީކާޑްގެ ކޮޕީ އެކެވެ. ހައްޖު ކޯޕަރޭޝަނުގެ އިއުލާނުގައިވާ ގޮތުން އެ ފޯމު، އެކޯޕަރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ސުންގަޑިއަކީ 22 މާޗް ވާ ބުދަދުވަހުގެ މެންދުރުފަހު 3:00 އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ