
ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް
ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް
ލިޔުން:
ރ. ދުވާފަރު "އޯޝަން ކިންގު" ނަމަކަށްކިޔާ ގުދަނުން ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކަށް 4 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި ރ. ކަނދޮޅުދޫ، މަންދުއެދުރުގެ، އާދިލް އަހުމަދުގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ދައުވާ ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުގައި އިއްޔެ މިކަމާ ގުޅިގެން ބޭއްވި އިބްތިދައީ އަޑުއެހުމުގައި އެމީހާ ވަނީ ކުށަށް އިއުތިރާފް ވެފައެވެ.
އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމާ އާދިލް އަށް ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރެވިފައެވެ. އެގޮތުން މިމައްސަލައިގެ ތުހުމަތުގައި އާދިލް ދެ ދުވަސް ބަންދުގައި ކުރިން ހޭދަކޮށްފައިވާތީ އޭނާ ޖަލުގައި ހުންނަންޖެހޭނީ ހަތަރު މަހާއި 22 ދުވަހަށެވެ.
ހަމައެއާއެކު އެނގިހުރެ ހުއްދަ ނެތް ތަނަކަަށް ވަނުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އާދިލް އަކީ މީގެ ކުރިން ވެސް އިތުރު ވައްކަމުގެ މައްސަލައެއް ސާބިތުވެ ހުކުމްކޮށްފައިވާ މީހެކެވެ. އެފަހަރު އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 4 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
