
ޙަޤީޤަތާ ދުރު ކަންކަމުގައި މަސްއޫލުވެ އުުޅުމުން ދުރުވާންޖެހޭ: ހުތުބާ
ޙަޤީޤަތާ ދުރު ކަންކަމުގައި މަސްއޫލުވެ އުުޅުމުން ދުރުވާންޖެހޭ: ހުތުބާ
ލިޔުން:
"ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތައްތަކުން ދުރުވުން" އެކަމުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަ ކުރެވޭވަރަށް މިއަދު މުޅި ދުނިޔޭގައިވެސް އެކަން ފާހަގަ ކުރެވިފައިވާކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ "މުއުމިނެއްގެ ސިފަތައް" މި މައުލޫގެ މައްޗަށެވެ.
މުއުމިނެއްގެ ސިފަތަކާ ބެހޭގޮތުން ހުތުބާގައި ބުނީ މުއުމިނެއްގެ ފުރަތަމަ ސިފައެއްގެ ގޮތުގައި ކީރިތި ޤުރުޢާނުގައި މާތްﷲ ގެންނަވާފައިވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމެވެ. ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދުގައިﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުއްމީދުގައި ތިބެ އެކަލާނގެ އަޒާބަށް ބިރުވެތިވެ ނަމާދުގައި ޚުޟޫޢަތްތެރިވާ މީހުންނެވެ.
މުއުމިނެއްގެ ދެވަނަ ސިފައެއްކަމުގައި ގެންނަވާފައިވަނީ ބޭކާރު ބވާހަކަތަކާއި ކަންތައްތަކުން ދުރުވުމުގެ ވާހަކައެވެ. ހުކުރުު ހުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޢޫލުވެ އުޅުމަކީ ދެރަކަމެއް ކަމަށެވެ.
ހުތުބާގައި ބުނީ ހަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫންކަމަށާއި، ތިބާ ލިޔެމ ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތްދުވަހު އެއާމެދު ސުވާލު ވެވޭނޭ ޖުމްލައެއް ކަމަށެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދަންޖެހޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށްފަހު އެ ވާހަކައެއް ބުނުމާމެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެބައިމީހުންނަކީ ބޭކާރު ބަސްތަކާއި ކަންކަން ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަ އަޅައިދާ މީހުންނެވެ"
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
