
ހަފީޒު ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތު ކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ހަފީޒު ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތު ކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ލިޔުން:
މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ޒަހަމްވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް ގައިގައި ސައިކަލުން ޖެއްސި ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 22 އަހަރުގެ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން ހައްޔަރު މޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ.
ޝަމްއާން ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ. ފުރަތަމަ ފަހަރަށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. 15 ދުވަހުގެ މުއްދަތަށް ފަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދހުވަހުގެ ބަނދުގެ މުއްދަތު ވަނީ ޖަހާފައެވެ.
ތިިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށް ކޯޓުގައި އެދިފައެވެ. އެގޮތުން އޭނާ ވަނީ ޝަރުތުތަކާ އެކު ދޫކޮށްލާފައެވެ.
މި ހާދިސާ ހިނގި އިރު އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ގައި އަނިޔާވި ހާފިޒް އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އޭނާ ވަނީ އިންޑިއާއަށް މިދިޔަ މަހުގެ 4 ވަނަ ދުވަހު ފުރުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
