
ހާފިޒް ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި
ހާފިޒް ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި
ލިޔުން:
މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ޒަހަމްވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވި މީހުން ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މި މޠހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ، އެ އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
އެހެން ކަމުން އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ، ހާފިޒް އަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދޭ ކަމަށެވެ.
ހަފީޒް ފަތިސް ނަމާދުކޮށްގެން ނިކުތް ގަޑީގައި ސައިކަލަކުން ޖެހި އަނިޔާވިއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް ހާލު ސީރިޔަސް ވުމުގެ ސަބަބުން އިތުރު ފަރުވާ އަށް އެއާ އެންބިއުލާންސްގަ ވަނީ އިންޑިއާ އަށް ފުރުވާލާފައެވެ.
މި ހާދިސާގައި ސައިކަލު ދުއަވަން އިނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
