
ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި
ލިޔުން:
މިދިޔަ އީދު ދުވަހުގެ ފަތިހު ފަތިސްނަމާދުން ފައިބައިގެން މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް، ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ހާލު ސީރިޔަސް ވުމުގެ ސަބަބުން އިތުރު ފަރުވާ އަށް އޭނާ ވަނީ އިންޑިއާއަށް ގެންގޮަސްފައެވެ.
މައުލޫމާތު ލބިފައިވާ ގޮތުގައި ހަފީޒު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އަދިވެސް އޮތީ ޓިއުބް ގުޅާފައެވެ. އަދި އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ވަމުން އަންނަ ކަމަށް އެނގިފައިވެއެވެ.
އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން އޭރު ދާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއަވަން އިން ޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ވެސް ނެތް ކަމަށެވެ.
ހަފީޒް ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
