މާލެ: 31°C

ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް ޖަހައިފި
July 5, 2023
2 ފަހަރު ބަލާފައި
ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މިދިޔަ އީދު ދުވަހުގެ ފަތިހު ފަތިސްނަމާދުން ފައިބައިގެން މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދަނިކޮށް، ގައުމީ ޔުނިވާސިޓީގެ ލެކްޗަރު އަލީ ހަފީޒް ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި އުމުރުން 22 އަހަރުގެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ހާލު ސީރިޔަސް ވުމުގެ ސަބަބުން އިތުރު ފަރުވާ އަށް އޭނާ އިއްޔެ ވަނީ އެއާ އެންބިއުލާންސްގައި އިންޑިއާ އަށް ފުރުވާލާފައެވެ. ތައުލީމީ ދާއިރާއަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް އެހީވުމުގައި އޭނާގެ އާއިލާއިންނާއި ރައްޓެހިންނާއި އޭމާގެ ދަރިވަރުން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން އޭރު ދާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއަވަން އިން ޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ވެސް ނެތް ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ