މާލެ: 31°C

ހަފީޒް އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި

ހަފީޒް އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި
July 3, 2023
2 ފަހަރު ބަލާފައި
ހަފީޒް އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި

މިދިޔަ އީދު ދުވަހުގެ ފަތިހު ފަތިސްނަމާދުން ފައިބައިގެން މަޖީދީ މަގު، ރެޑްވޭވް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މިހާ،  ހަ ދުވަސް ފަހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި އޭނަ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ ޒުވާނެކެވެ.

އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ ހަފީޒްގެ ހާލު ވަރަށް ދެރަ އެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރާ ހަފީޒް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާ އިން ވަނީ އެހީއަަށް ވެސް އެދިފައެވެ.

ސައިކަލު ދުއްވި ޒުވާނާ ހައްޔަރު ނުކޮށްގެން، ހަފީޒްގެ ގާތް މީހުން ދިޔައީ ކަންބޮޑުވުން ފާލުކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ