ހާޒިރީ ދަށް، ގަރާރާއި "ފެކްޝަން ފައިޓް"ގެ ޖަލްސާއެއް!

ހާޒިރީ ދަށް، ގަރާރާއި "ފެކްޝަން ފައިޓް"ގެ ޖަލްސާއެއް!
ލިޔުން:
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮންނަ ރައްޔިތުންގެ މަޖިލީހުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށް ވެއްޖެ އެވެ.
ގާނޫނުތަކަށް ގެންނަ ބަދަލުތަކާއި އަލަށް ހަދާ ގާނޫނުތައް ހިމެނޭ ގޮތުން ގިނަ ބިލުތަކެއް މަޖިލީހުގައި "ޕާކްކޮށްފައި" ހުރި އިރު މިއަހަރުގެ ފުރަތަމަ ދައުރުގައި މިހައިތަނަށް ބޭއްވި ގިނަ ޖަލްސާތަކުގެ ވަގުތުގެ ބޮޑު ބައެއް ހޭދަކުރީ ގަރާރާއި ކުއްލި މައްސަލަތަކުގަ އެވެ. އެންމެ 27 މެމްބަރުންނާއި އެކު މިއަދު ފެށި ޖަލްސާއަށް ވެސް މަޖިލީހުގެ ރިޔާސަތުން ދެ ގަރާރެއް އެޖެންޑާކުރި އެވެ.
އޭގެ ތެރެއިން އެއް ގަރާރަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވައިލުމާއި ރެގިއުލޭޓްކޮށް މޮނިޓާ ކުރެވޭނެ ގާނޫނެއް ހަދަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރެކެވެ. މެމްބަރު އިލްޔާސަކީ އެމްޑީޕީގެ ތެރޭގައި އޮންނަ ނުރަސްމީ ދެ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނުގެ މެމްބަރަކަށް ވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަައްވާ މެމްބަރުން އެ ގަރާރާ ދެކޮޅެވެ.
އިލްޔާސްގެ ގަރާރުގެ އިބްތިދާއީ ބަހުސްގެ ފުރަތަމަ ފުރުސަތުގައި އޭނާ ވާހަކަ ދައްކަވަން ފެށުމާއި އެކު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައި، ގަރާރަށް ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލްޔާސް އެފަދަ ގަރާރެއް ހުށަހެޅުއްވި އިރު މަޖިލީހުގައި މިހާރު ވެސް އެފަދަ ބިލެއް ހުށަހަޅާފައި އެބަ އޮތް ކަމަށެވެ. މެމްބަރު މުޣުނީ އެ މޭރުމުން ވާހަކަ ދައްކަވަން ފެށްޓެވުމާއި އެކު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ މައިކްގެ އަޑު ކަނޑުވައްވައިލެއްވި އެވެ.
އެހެން ނަމަވެސް މެމްބަރު މުޣުނީ އަޑުގަދަކުރައްވައި ވާހަަކަ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވުމުން ނަޝީދު ފެށްޓެވީ މެމްބަރެއްގެ ނަން އިއްވެވުމުގެ ކުރިން ދެއްވާ ނަސޭހަތް އޭނައަށް ދެއްވާށެވެ.
ގަރާރަށް ކުރެއްވި ބަހުސްގައި ސަރުކާރުގެ ކުންފުނިތަކަށް އިލްޔާސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭގެ ފަހުން މުޅި ބަހުސް ކުރިއަށް ދިޔައީ އެމްޑީޕީގެ "ފެކްޝަން ފައިޓް" އެކެވެ. ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގަރާރާ އެއްކޮޅަށް ވާހަަކަ ދެއްކެވި އިރު ރަައީސަށް ތާއީދުކުރައްވާ މެމްބަރުން ގެންދެވީ ގަރާރަށް ފާޑުވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
