މާލެ: 31°C

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ވަޒީފާއިން ވަކިކުރީ ސިޔާސީ ބޭނުމެއްގައިކަމަށްބުނެ އަނބިމީހާ ދާއިރާގެ މެމްބަރާ ދިމާކޮށްފި

January 28, 2025
771 ފަހަރު ބަލާފައި
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ވަޒީފާއިން ވަކިކުރީ ސިޔާސީ ބޭނުމެއްގައިކަމަށްބުނެ އަނބިމީހާ ދާއިރާގެ މެމްބަރާ ދިމާކޮށްފި
ށ.މާއުނގޫދޫ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ވަޒީފާއިން ވަކިކުރީ ސިޔާސީ ބޭނުމެއްގައިކަމަށްބުނެ އަނބިމީހާ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއާ ދިމާކޮށްފިއެވެ.

ށ.މާއުނގޫދޫ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ ވަޒީފާއިން ވަކިކުރީ ސިޔާސީ ބޭނުމެއްގައިކަމަށްބުނެ އަނބިމީހާ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއާ ދިމާކޮށްފިއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާއި ހުންނަ ކުއްޖަކާއި ތުއްތު ކުއްޖަކު ގޮވައިގެން އެ އަންހެން މީހާ މެމްބަރު މަމްދޫހުއާ ކުރިމަތިލައި ބުނަނީ އޭނާގެ ފިރިމީހާ ވަޒީފާއިން ވަކިކުރީ ސީދާ މަމްދޫހު އަންގަވައިގެން ކޮންޓްރެކްޓު އާކުރިތާ ހަފްތާއެއް ވެސް ނުވަނީސް ކަމަށާއި އޭނާގެ އާއިލާގެ ދިރިއުޅުމުގެ ކަންކަން ހަމަ ޖައްސަމުން ދިޔައީ ފިރިމީހާއަށް އެމްޓީސީސީން ލިބެމުންދިޔަ ދިޔަ އާމްދަނީން ކަމަށެވެ.

ހަފްތާއެއް ނުވޭ ކޮންޓްރެކްޓް ދީފައި. ހަފްތާއެއް ނުވެ ކައެ ތި ކަނޑާލީ. އެވެސް މިކޮޅަށް އަންގައިގެން ކައޭމެން އޭނަ ހުރިގޮތް ބަލާލާފައި އެންމެ ރަނގަޅު ކައޭ ކަނޑާލީ. މީނާ ހުރި ހާލެއް ބަލާލާފައި ކަނޑާލީ. ދެން މިތަނުގައި މަސައްކަތް ކޮށްކޮށް ހުއްޓައި ކަނޑާލީ. ކޮންޓްރެކްޓު ނުދީ ކަނޑާލާނީ. އެނގިއްޖެތަ،" ދެ ދަރިން  ގޮވައިގެން ގޮސް މަމްދޫހުއާ ކުރިމަތިލައި އެ އަންހެން މިހާބުނެއެވެ.

އެ ފިރިހެން މީހާ ވަޒީފާ އަދާ ކުރަމުންދިޔައީ މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި އެމްޓީސީސީ ސައިޓު އެޑްމިން އިންވެންޓްރީގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ ޑިސެމްބަރު 22، ގައި މަސައްކަތުގައި ހުއްޓައެވެ.

ނަމަވެސް މެމްބަރު މަމްދޫހު ވަނީ އެ ފިރިހެން މީހާ ވަޒީފާއިން ވަކިކުރީ އޭނާ އަންގައިގެން ނޫން ކަމަށާއި އެކަން ކުރީ އެމްޓީސީސީން ކަމަށް ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ