
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރު ޖުލައި ނިމުމުގެ ކުރިން ނިމޭނެ: މިނިސްޓަރު
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރު ޖުލައި ނިމުމުގެ ކުރިން ނިމޭނެ: މިނިސްޓަރު
ލިޔުން:
މިއަހަރުގެ ޖުލައިމަސް ނިމުމުގެ ކުރިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރު އެކުލަވާލައި ނިމޭނޭކަމަށް ސޯޝަލް އަދި ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދަފްތަރު އެކުލަވާލައި ނިންމުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށާއި، މިއަހަރުގެ ޖޫން ނުވަތަ ޖުލައިމަސް ނިމުމުގެ ކުރިން ދަފްތަރު އެކުލަވާލައި ނިމި، ދަފްތަރުގެ ތެރެއިން އެފަދަ ކުދިންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން ފަށާނޭ ކަމަށެވެ.
އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީ ލިބުމުގައި ހުރި އުނދަގޫކަމާއި ގުޅޭގޮތުން މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ތެރަޕީ ފަރުވާ ހޯދުމަށް ވެއިޓް ލިސްޓްގައި ގިނަ އަދަދެއްގެ ކުދިންތަކެއް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އެބަތިބި ކަމަށެވެ.
ވެއިޓް ލިސްޓްގައި ތިބި ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ އެފަދަ ކުދިންނަށް ދެމުންދާ ފަރުވާގެ ފެންވަރުވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ވެއިޓް ލިސްޓްގެ މައްސަލައަށް ގޮތްތަކެއް ފެންނާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ތައިލެންޑް އަދި ޔޫއޭއީއަށް އާސަންދައިގެ ހިދުމަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ދެ ގައުމަށް އާސަންދައިގެ ދަށުން ބޭސްކުރެވޭނެ ދުވަހެއް އަދި ދަންނަވަން ނޭނގުނު ނަމަވެސް ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް އާސަންދައިގެ ދަށުން ދިނުންކަމަށް ވިދާޅުވެފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުންވެސް ކުރިއެވެ. ނަމަވެސް އެ މަސައްކަތް މާ އެދެވޭ ގޮތެއްގައި ކުރިއަށްގޮސްފައި ނުވާކަމަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
