މާލެ: 31°C
ހާރު ނުކައި ރޯދައަށް ތިބުން، ރަސޫލާގެ ސުންނަތާ ޚިލާފް: ހުތުބާ

ހާރު ނުކައި ރޯދައަށް ތިބުން، ރަސޫލާގެ ސުންނަތާ ޚިލާފް: ހުތުބާ

March 8, 2024
2 ފަހަރު ބަލާފައި
ހާރު ނުކައި ރޯދައަށް ތިބުން، ރަސޫލާގެ ސުންނަތާ ޚިލާފް: ހުތުބާ
ހާރުކެއުމަކީ ރޯދައިގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ރަނގަޅުކަމެއް ކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބުމަކީ ކީރިތި ރަސޫލާގެ ސުންނަތާ ހިލާފް ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ކުރިއަށްއޮތީ ރަމަޟާން މަސް ކަމުން މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ރަމަޟާންމަހުގެ މާތްކަމުގެ މައްޗަށެވެ. ރޯދައަށް ތިބުން ފެށެނީ ހާރުކެއުމާ ހަމައިންނެވެ. ހާރުކެއުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ހުކުރު ހުތުބާގައި ބުނެފައިވަނީ ހާރުކެއުމުގެ މުހިއްމުކަން ކީރިތި ރަސޫލާ ﷺ ހަދީސްފުޅުތަކުން ކިތަންމެ ހާވެސް ރަނގަޅަކަށް ސާބިތުވާކަމަށެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރު ކެއުމުގައި ބަރަކާތެއް ވެއެވެ. ކީރިތި ރަސޫލާ ހަދީސުން އެނގޭ ގޮތުގައި އަހުލުކިތާބީންގެ ރޯދަހިފުމާ މުސްލިމުންގެ ރޯދަހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަހިފުމަށްޓަކައި ހާރުކެއުމެވެ، "މީގެ އިތުރުން ހާރުކެއުން ފަސްކުރުމަކީ ސުންނަތެކެވެ." ހުކުރު ހުތުބާގައި ބުންޏެވެ. ހުކުރު ހުތުބާގައި ބުނީ ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރަންޖެހޭ ކަމަށާއި، ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގެ ސަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. ތަރާވީހް ނަމާދާއި، އިއުތިކާފަށްއިނުމާއި، ގުރުއާން ކިޔެވުން ގިނަކުރުމާއި، ސަދަގާތްކުރުން އިތުރުކުރުމާއި ފިތުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އިރުއޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވައި ހަދީސްކުރެއްވިއެވެ. "އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރާހައި ހިނދަކު މީސްތަކުން ހެޔޮކަންމަތީ ފިލައިނުދާނެތެވެ" ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމުގެ ހެޔޮކަން ފާހަގަކުރަމުން ހުކުރު ހުތުބާގައި ބުނެފައިވަނީ، ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަ ވީއްލުން ހިމެނެއެވެ. އަހަރުމެންގެ ސުފުރާ މަތީގައި ކަދުރު ހުންނައިރުވެސް އެހެން އެއްޗަކުން ރޯދަ ވީއްލާތަން މަދުން ނަމަވެސް ފެންނަކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ރަސޫލާ ނަމާދުފުޅު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ކަދުރުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގެންފިނަމަ ފެންފޮދަކުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ