މާލެ: 31°C
ރާއްޖޭގެ ހާރިޖީ ވަޒީރު، އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ހާރިޖީ ވަޒީރު، އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރާ ބައްދަލު ކުރައްވައިފި

January 18, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ ހާރިޖީ ވަޒީރު، އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި މިހާރު ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގެ ތެރޭ ހިމެނިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވުމާއި ގުޅޭގޮތުންނާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ އަދި އިގްތިސާދީ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގައި މިހާރު ދެގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ކުރިއަށްގެންދާ މަޝްވަރާތަކާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. https://twitter.com/moosazameer/status/1747999315363324411?s=48&t=uQCZRj9B9MnPdws6EolbBQ މީގެ އިތުރުންވެސް ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ދެގައުމު ހިއްސާވާ ޖަމިއްޔާތަކުގެ ދައުރާއި، ގުޅިގެން ކުރިއަށްގެންދެވޭނެ ކަންތައްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ އިންޑިއާ އާއި ރާއްޖެ އޮތް ބަދަހިގުޅުން ކުރިއަށް ގެންދިއުމަށް ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ފަރާތުން އެއްބާރުލުން ލިބޭނޭކަން ފާހަގަކުރައްވާފައެވެ. ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން މިއިން ޒަމާނަކު ގޯސް ނުވާވަރަށް ގޯސް ވެފައިވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެގަުއމުގެ ދެމެދުގެ އޮފިޝަލުންގެ މެދުގައި ދަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. މިހާތަނަށް ބޭއްވި ބައްދަލުވުންތަކަށް ފަހު ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސިފައިން ގެންދިއުމުގެ ކަންކަން އަވަސްކުރުމަށް އެގައުމުން އެއްބަސްވެފައިވާަކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ