ހާފިޒަކަށް ވުމަށް ފަހު އެގޮތުގައި ދެމިތިބެން ރާއްޖޭގައި ކުރާ މަސައްކަތް ދަށް: ރައީސް

ހާފިޒަކަށް ވުމަށް ފަހު އެގޮތުގައި ދެމިތިބެން ރާއްޖޭގައި ކުރާ މަސައްކަތް ދަށް: ރައީސް
ލިޔުން:
ޤުރުއާން ހިތުދަސްކޮށް، ހާފިޒަކަށް ވުމުގެ ޝައުގުވެރިކަން ރާއްޖޭގައި ގިނަ ކަމަށާއި އެހެން ނަމަވެސް ހާފިޒަކަށް ވުމަށް ފަހު އެގޮތުގައި ދެމިތިބެން ކުރާ މަސައްކަތް ދަށްކަމަށް ފާހަގަ ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ޤުރުއާން ކިޔެވުުމުގެ 35 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ހާފިޒުންގެ ގޮތުގައި ތިބެން ކުރާ މަސައްކަތް ދަށް ފާހަގަ ކުރެއްވެނީ ރޯދަމަހު ތަރާވީހު ކުރަން ބޭރުން ހާފިޒުން ގެންނަން ޖެހޭ އަދަދުން ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދެ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް ރާއްޖޭން ބޭރުން 200 ހާފިޒުން ގެންނަ ކަމަށާއި އެއީ އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިސްނަން ރަނގަޅު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ތިއްބެވި ހާފިޒުން ވެސް، އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫން. އަދި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުންވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް ގިނަ. އެއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި އަޅުގަނޑުމެން ހިތްވަރުދީ ބާރުވެސް އަޅާ ކަމެއް. އެހެން ނަމަވެސް ހާފިޒަކަށްވުމަށް ފަހު، ޙާފިޡެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގެންނަންޖެހޭ އަދަދުން އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެންދޭ،" ރައީސް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ އަޅުގަނޑުމެން އުނގެނެން ފަށަނީ ކީރިތި ޤުރުއާން. އެންމެ އިހުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް، އެ ރީތި އާދަ އެގޮތުގައި ދެމިއޮތުމަކީ އަޅުގަނޑުމެންގެ ހެޔޮ ނަސީބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"
ޕްރީ ސްކޫލަށް ދަރިފުޅު ފޮނުވުމުގެ ކުރިންވެސް، އަލިފުބާ ދަސްކޮށްދިނުމަކީ މިހާރުވެސް އަޅުގަނޑުމެން ކުރަމުން އަންނަ ވަރަށް ރަނގަޅު ކަމެއް. މި ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި އަޅުގަނޑުމެންގެ ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.
އެއީ ދީނީ، އިޖްތިމާއީ އަދި އަހުލާގީ މައްސަލަތަކަށް، ކީރިތި ޤުރްއާނުން ހައްލު ހޯދުން ކަމަށާއި އެ ހައްލުތައް ތަންފީޒުކުރަން މަސައްކަތް ކުރުން ކަމަށް ވެސް އެމަނިކުފާނޔ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
