މާލެ: 31°C
ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވައިފި

ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވައިފި

July 20, 2023
2 ފަހަރު ބަލާފައި
ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސް ހުޅުވައިދެއްވައިފި
ހއ. މާރަންދޫގެ އައު ފެނަކަ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު އެ އޮފީސް ހުޅުވައިދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ އޮފީސް އިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ ފެންވަރަށް ހަދާފައިވާ އޮފީސް އިމާރާތެކެވެ. މިއަދު ހުޅުވި އައު އޮފީހަކީ މާރަންދޫގައި ކުރިން ހުރި ފެނަކަ އޮފީހަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އޮފީހެކެވެ. މި އޮފީހުގައި ރިސެޕްޝަން، ލޮބީ، މީޓިންގ ރޫމް، މެނޭޖަރ ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ އަދި ފާހާނާ ހުންނާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. ރައީސް ސޯލިހް ކެމްޕޭނަށް އެކި ރަށްރަށަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު އަންނަނީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައި ހުންނަ ބޮޑެތި މަޝްރޫއުތައް ވެސް އިފްތިތާހު ކޮށްދެއްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ