
ހއ.ދިއްދޫގައި އަމިއްލަ ފަރާތަކުން ލޮނު ފެކްޓަރީއެއް ގާއިމް ކުރަނީ
ހއ.ދިއްދޫގައި އަމިއްލަ ފަރާތަކުން ލޮނު ފެކްޓަރީއެއް ގާއިމް ކުރަނީ
ލިޔުން:
ހއ.ދިއްދޫގައި އަމިއްލަ ފަރާތަކުން ލޮނު އުފައްދާ ފެކްޓްރީއެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ފެކްޓްރީގެ ގާއިމްކުރުމުގެ މަސައްކަތް ކުރައްވާ އެމްޑީޕް އިންވެސްޓްމަންޓް ގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުން ފެކްޓްރީގެ މަސައްކަތުގެ 20 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި ފެކްޓްރީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެފެކްޓަރީއަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން ލޮނު ހިއްގައިގެން ލޮނު އުފައްދާ ގޮތަށް މަސައްކަތްކުރާ ފެކްޓްރީއެއްކަމަށާއި އެ ފެކްޓަރީގައި 3 ބާވަތެއްގެ ލޮނު އުފެއްދުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އާމުކޮށް ގޭގޭގައި ބޭނުންކުރާ ލޮނާއި އެހެނިހެން ބާވަތް އެއްކޮށްގެން އުފައްދާ ލޮނެވެ. އަދި އެކަން ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އިތުރު 4 ސަރަޙައްދެއްގައި ފެކްޓަރީ ގާއިމްކުރުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށް ބުނެފައިވެއެވެ.
ފެކްޓަރީ ގާއިމްކުރަނީ އެރަށުން 15 ހާސް އަކަފޫޓުގެ ބިމެއް 15 އަހަރުގެ މުއްދަތައް ކުއްޔަށް ނަންގަވައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
