
ހއ. އަތޮޅުގެ ދެ ރަށެއްގެ ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވައިފި
ހއ. އަތޮޅުގެ ދެ ރަށެއްގެ ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވައިފި
ލިޔުން:
ހއ. އަތޮޅުގެ ދެ ތަށެއްގެ ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހު މި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ބައެއް މަޝްރޫއުތަށް އިފްތިތާހް ކޯށްފައިވަނީ ހއ. އަތޮޅުގެ އިހަވަންދޫއާއި، އެ އަތޮޅުގެ ތަކަންދޫގައެވެ.
މިގޮތުން ރައީސް ސޯލިހު ވަނީ މިއަދު ހެނދުނު އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފައެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
