މާލެ: 31°C

ގުރައިދޫ މަރުކަޒުގެ ބަލިމީހެެއްގެ އެކައުންޓުން އެތަނުގެ ސުޕަވައިޒަރަކު ފައިސާ ނެގި މައްސަލައެއް

ގުރައިދޫ މަރުކަޒުގެ ބަލިމީހެެއްގެ އެކައުންޓުން އެތަނުގެ ސުޕަވައިޒަރަކު ފައިސާ ނެގި މައްސަލައެއް
June 12, 2023
2 ފަހަރު ބަލާފައި
ގުރައިދޫ މަރުކަޒުގެ ބަލިމީހެެއްގެ އެކައުންޓުން އެތަނުގެ ސުޕަވައިޒަރަކު ފައިސާ ނެގި މައްސަލައެއް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި ބަލި މީހެއްގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމުގެ ތުހުމަތުގައި އެތަނުގައި މަސައްކަތްކުރާ ސުޕަވައިޒަކު ސަސްޕެންޑްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެމައްސަލަ ބަލަމުންދާކަމަށެވެ.

" އެފަދަ މައްސަލައެއް ވަނީ ސަމާލުކަމަށް އައިސްފަ، މައްސަލަ ބަލާ ނިމުމުން އޮންނަ އުސޫލުގެ ދަށުން މުވައްޒަފާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "މިނިވަން" އަށް ވިދާޅުވި އެވެ.

އެ މައްސަލަ ބަލާ ނިމެންދެން އެ މުވައްޒަފު މިހާރު ހުރީ ސަޒްބެންޑްކޮށްފަ އެވެ. 

އެނގިފައިވާ ގޮތުގައި، އެ މަރުކަޒުގައި ގެންގުޅޭ ބަލި މީހާގެ ކޭޝްކާޑް ބޭނުންކޮށްގެން އެ މުވައްޒަފުު ތަކުރާރުކޮށް އޭނާގެ އެކައުންޓުން ވަނީ ފައިސާ ނަގާފައެެވެ. އެނގިފައިވާ ގޮތުގައި އެއީ އެ ސެންޓަރުގެ އެސިސްޓެންޓް ސުޕަވައިޒަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގެއެވެ.

ގުރައިދޫ މަރުކަޒުގައި މަރުކަޒު ގައި ނަފްސާނީ ބަލިތަކުގެ މީހުންގެ އިތުރުން އެެހެނިހެން ހާއްސަ އެހީ އަށް ބޭނުންވާ މީހުނާއި އެއްވެސް ގޮތެއްނެތިގެން އެތަނުގައި ތިބި މީހުން ވެސް ތިބެ އެވެ.

އެ މަރުކަޒުގެ ޖާގަ އަށް ވުރެ މީހުން ގިނަ މައްސަލައާއި، ޖިންސީ ގޯނާގެ މައްސަލަތަކާއި، މަރުކަޒުގައި ރަނގަޅުކުރަން އަންގާފައި ހުންނަ އެތައް ކަމެއްނުހުންނަކަން އެޗްއާރްސީއެމުން މިދިޔަ އަހަރު ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ޖެންޑާއިން ފަހުން ބުނީ އެމައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ. އެތަނުގައި ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި 200 އެއްހާ މީހުން ބަލަހައްޓަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ