މާލެ: 31°C

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތު އިތުރުކޮށްފި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތު އިތުރުކޮށްފި
April 15, 2023
2 ފަހަރު ބަލާފައި
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތު އިތުރުކޮށްފި

މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެގ ވަގުތު އެއްގަޑި އިރު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު އިތުރު ކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިއުމަށް އުނދަގޫވެފައިވާތީކަމަށެވެ. "މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު މިއަދު 17:00އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަން." އިލެކްޝަނުން ކުރި ޓްވީޓެއްގަިއ ބުންޏެވެ. ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުންދީން ސްކޫލުގައި ވޯޓުފޮށި ބަހަށްޓައިގެން ކުރިއަށްދާ މި އިލެކްޝަނުގައި ، މިއަދުގެ 14:00 އާ ހަމައަށް 1766 މީހުން ވޯޓުލާފައިވެއެވެ. އެވަގުތު ބާކީ ވޯޓުނުލާ ތިބީ 1675 މީހުނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު،  އަވަހާރަވުމުންނެވެ.

މިއަދު ކުރިއަށްދާ އިލެކްޝަނުގައި 3 ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ