
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރެން އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލައިފި
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރެން އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވާހަރަވުމުން އެދާއިރާއަަށް އިންތިހާބުކުރަން ބާއްވާ ބައިއިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ހޮވަން މާޗް 11 ގައި ޕްރައިމަރީއެއް ބާއްވަން އެޕާޓީން އިއުލާނު ކޮށްފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕްރައިމަރީއަށް ކުރިމަތިލުވުމުގެ ފުރުސަތު މާޗްމަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކެންޑިޑޭސީ ފޯމާ އެކު 100 މެމްބަރުންގެ ސޮޔާ އެކު ތާއީދު ފޯމް ވެސް ހުށަހަޅަން ޖެހޭނެ އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވީ މިމަހުގެ 23 ވަނަ ދުވަހު މެލޭޝިއާގަ އެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވީފަހުންނެވެ.
[embed]https://twitter.com/MDPSecretariat/status/1630099632192888832?s=20[/embed]
އޭނާ އަވަހާރަވުމުން ގުރައިދޫ ދާއިރާގެ ގޮނޑިއަށް އަލުން މެމްބަރަކު އިންިތހާބު ކުރަން ބާއްވާ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކުރީ އިއްޔެ އވެެ. އީސީން ކުރި އިއުލާނުގައިވާ ގޮތުން އެ އިންތިހާބު ވާއްވާނީ އަންނަ އޭޕްރިލްމަހުގެ 15 ވަަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މާޗްމަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
