
ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގަން ފަށައިފި
ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގަން ފަށައިފި
ލިޔުން:
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު ފަރާތްތަކުގެ ތެރެއިން، ކަނޑައެޅި އަދަދަށްވުރެ ގިނައިން ފޯމު ހުށައެޅި ކެޓަގަރީތަކުން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށް ގުރުއަތު ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ގުރުއަތު ނެގުން ކުރިއަށްދަނީ ދަރުބާރުގޭގައެވެ.
ސަރުކާރުން ހުޅުވާލީ 1096 ގޯއްޗަށް ކުރިމަތިލުމަށެވެ. އެ ފުރުޞަތުގައި 4 ކެޓަގަރީން 2210 މީހުން ފޯމު ހުށައަޅާފައިވެއެވެ.
ހުޅުވާލި އަދަދަށްވުރެ އިތުރަށް ފޯމު ހުށައަޅާފައިވަނީ 1250 އަކަފޫޓާ، 1650 އަކަފޫޓުގެ ކެޓަގަރީންނެވެ. އެހެންކަމުން ގުރުއަތު ނެގުން ކުރިއަށްގެންދަނީ މި ދެ ކެޓަގަރީން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށެވެ. މި ދެ ކެޓަގަރީން ހުޅުވާލި 859 ގޯއްޗަށް 1973 މީހުން ފޯމު ހުށައަޅާފައިވެއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅިފަޅުން ލިބޭ ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް ފަހުން ވަކި ގުރުއަތެއް ނަގާނެކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާތީ، އެތަނުން ގޯތި ލިބުނު އެންމެންގެ ގުރުއަތެއް އަލުން ނެގުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލް އަދި ޙިއްސާކުރައްވާފައެއް ނުވެއެވެ.
ގުޅިފަޅުން ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 2218 ގޯއްޗެވެ. ނަމަވެސް އަލަށް ކަނޑައެޅި ގޯއްޗާއެކު ގުޅިފަޅުން މިހާތަނަށް 3300އަށްވުރެ ގިނަ ގޯތި ވަނީ ކަނޑައަޅާފައެވެ.ް
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
