
ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭނެ: ސުުޕްރީމް ކޯޓު
ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭނެ: ސުުޕްރީމް ކޯޓު
ލިޔުން:
ކ. ގުޅިފަޅު ހިއްކުން މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުންދާކަމަށް ބުނެ ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅީ އާންމުންގެ މީހެކެވެ. ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ހުމެއިދާ އަބްދުލްޣަފޫރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ގުޅިފަޅު ހިއްކުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެދުނެވެ. އެކަމަކު އޭރު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
ފަހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ މަޝްރޫއު ހުއްޓުވާލާފައެވެ. އެއަމުރުގައި ބުނެފައިވާ ގޮތުގައި އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ލިބިގދާނެ ކަމަށް ބުނެފަ އެވެ. އަދި ހުކުމުގައިވާ ގޮތުން މަޝްރޫއު ހުއްޓިއްޖެ ނަމަ ލިބޭ މާލީ ގެއްލުންތަކަށް ބަލާއިރު ތިމާވެއްޓަށް ލިބެން އޮތް ނުވަތަ ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ، ހައިކޯޓުގެ އެންގުމަށް އަމަލު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް އޮތީ ނެރެފަ އެވެ. އެއަށް ފަހު މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ހައިކޯޓުން ގުޅިފަޅު ހިއްކުމަށް ވަގުތީ އަމުރެއް ނެރެފައި ވަނީ އެފަދަ އަމުރުތައް ނެރުމަށް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ރިޔާސަތު ބަލަހައްޓަވައި، ހުކުމް ކުރި މި މައްސަލައިގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުސްސުއޫދެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
