
ގުޅީފަޅު އެއްބަސްވުން ހަދާފައި އޮތީ ދައުލަތަށް ގެއްލުންވާގޮތަށް: މުއްތަލިބު
ގުޅީފަޅު އެއްބަސްވުން ހަދާފައި އޮތީ ދައުލަތަށް ގެއްލުންވާގޮތަށް: މުއްތަލިބު
ލިޔުން:
ގުޅީފަޅު އެއްބަސްވުން ހަދާފައި އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި، އެއީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނޭ ކަހަލަ ކަމެއް ނޫންކަމަށް އިންފްރާންޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ގުޅީފަޅު ހިއްކުމުގެ ދެވަނަ މަރުހަލާގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 65 ހެކްޓަރު، ހިއްކުމަށް ދެ ބިލިއަން ރުފިޔާގެ އަގަކަށެވެ.
ގުޅީފަޅުގެ މައްސަލައާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.
https://twitter.com/muththo/status/1758073694004318335
ގުޅީފަޅު ހިއްކުން ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރުނު ނަމަވެސް، ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން ވަނީ ހައި ކޯޓުން ކުރި އެ އަމުރު ތަންފީޒު ނުކުރުމަށް އަމުރެއް ނެރެފައެވެ.
މިކަމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމު ވިދާޅުވެފައިވަނީ، ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ. މިގޮތުން އެތަނުގެ ބިން ހިއްކުމުގެ %80 މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނޭކަމަށް ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.
ގުޅީފަޅު ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކުރީ ސަރުކާޜުން ނިންމާފައިވާ އެއް ސަރަހައްދެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
