
ގުޅީފަޅަށް ގޯތިތައް ބަދަލުކުރަން ބޭނުންވި މީހުންގެ ލިސްޓް އާއްމުކޮށްފި
ގުޅީފަޅަށް ގޯތިތައް ބަދަލުކުރަން ބޭނުންވި މީހުންގެ ލިސްޓް އާއްމުކޮށްފި
ލިޔުން:
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު މީހުންގެ ފުރިހަމަ ލިސްޓް އާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، ޖުމްލަ 1،913 ފަރާތުން ވަނީ ގިރާވަރުފަޅުން ލިބިފައިވާ ގޯތި، ގިރާވަރުފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ.
މީގެ ތެރެއިން ގުޅީފަޅުން ދޫކުރުމަށް ނިންމި 1250 އަކަފޫޓުގެ 193 ގޯއްޗަށް 928 ފަރާތުން ހުށަހަޅާފައިވާއިރު، 1650 އަކަފޫޓުގެ 663 ގޯއްޗަށް 769 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. އަދި 2050 އަކަފޫޓުގެ އަކަފޫޓުގެ 487 ގޯއްޗަށް 213 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން 2450 އަކަފޫޓުގެ 4 ގޯއްޗަށް ހުށަހަޅާފައިވަނީ 3 ފަރާތަކުންނެވެ.
ގޯއްޗާ ބެހޭ މިނިސްޓްރީން ބުނީ، އިއުލާންކުރެވުނު ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދު މަދުކަމުން، 2450 އަކަފޫޓު އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ގުރުއަތުލުން ކުރިއަށްގެންދާނީ 1،250 އަދި 1،650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައިކަމަށެވެ.
ގޯއްޗާ ބެހޭ މިނިސްޓްރީން ވަނީ ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ގިރާވަރުފަޅުން ދޫކުރުމަށް ނިންމި ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅު ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީއެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5432 ގޯއްޗެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
