މާލެ: 31°C
ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

February 14, 2024
3 ފަހަރު ބަލާފައި
ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
ގުޅީފަޅު ހިއްކުން ހުއްޓުވުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ. ހައިކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ތިމާވެއްޓަށް ގެއްލުންވާގޮތަށްކަމަށް ބުނެ އަމިއްލަ  ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ހައިކޯޓުން ކުރި އަމުރުރުގައި ބުނެފައިވަނީ ސިވިލްކޯޓުން މައްސަލަ ނިމެންދެކަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ. މި މައްސަލަ ހުށަހެޅި ފަރާތުން އެންމެ ފުރަތަމަ މައްސަލަ ވައްދާފައިވަނީ ސިވިލްކޯޓަށެވެ، ނަމަވެސް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ އެ މަޝްރޫޢު ހުއްޓުވުވުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. މި އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އިއްތިފާގުންނެވެ. އެ ދެ ފަނޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އެވެ. އޭނާގެ ރައުޔަކީ ހައި ކޯޓުން މި މައްސަލާގައި އިތުރަށް ގޮތެއް ނިންމުމުގެ މާނައެއް ނެތްކަމަށެވެ. ގުޅީފަޅު ހިއްކުން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނެރުނުއިރު، ގުޅީފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ވަނީ ނިމިފައެވެ. ގުޅީފަޅު ސަރަހައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަހައްދެވެ. މި މަޝްރޫއު ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ. ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ