މާލެ: 31°C

ގުގުރުމާއެކު ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް

January 24, 2023
2 ފަހަރު ބަލާފައި
ގުގުރުމާއެކު ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް
ގުގުރުމާއެކު ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް
މުޅި ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ، މޯލްޑީވްސް މީޓިއޮރޮލަޖީ ސާވިސް (މެޓް އޮފީސް) ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވެ، މެޓް އޮފީހުން މިއަދު ފުރަތަމަ ވައިޓްއެލާޓް ނެރުނީ ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ. އޭގެ ފަހުން އެލާޓް އަލުން އާކޮށް، މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އަށް އެލާޓްގެ ވަގުތު ވަނީ އިތުރުކޮށްފަ އެވެ. [embed]https://twitter.com/MetMaldives/status/1617773202557788160?s=20&t=xvwKTeiNlYZNJ9YTaLeIOQ[/embed] މެޓު އޮފީހުން އެންމެ ފަހުން ނެރުނު އެލާޓުގައި ބުނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހުމާއި އެކު ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރާ ކަމަށެވެ. އިރުވައި މޫސުމަކީ ރާއްޖެއަށް އާއްމުކޮށް ވާރޭ ވެހޭ މޫސުމަކަށް ނުވިޔަސް މޫސުން ލަފާކުރާ  އެޕްލިކޭޝަން އަދި ދުނިޔޭގެ ބައެއް މޫސުމާބެހޭ އިދާރާތަކުގެ ލަފާކުރުންތަކުގައިވާ ގޮތުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެ އަށް ވިއްސާރަވާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ