އެ މިނިސްޓްރީން ބުނިގޮތުގައި، މާލެ ސިޓީ ކައުންސިލާ ދެމެދު 2019 އިން ފެށިގެން ކޮށްފައިވާ މުއާމަލާތުތަކަށް ބެއްޔަސް އެއީ މިނިސްޓްރީގެ ބިމެެއްކަން ކައުންސިލަށް އެނގޭނެ އެވެ.
" މި މުއާމަލާތްތައް ހިނގަމުން ދިޔައިރު، މި ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް އެންމެ ފަހަރަކު ވެސް ސިޓީ ކައުންސިލުން ދަންނަވާފައި ނުވާ ކަން ފާހަގަކުރަމެވެ،" ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
[embed]https://twitter.com/MoYSCEmv/status/1642387092536958979[/embed] ޔޫތުް މިނިސްޓްރީއިން އެހެން ބުނަމުން ދަނިކޮށް މިއަދު އަނެއްކާ ވެސް މާލެ ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ބަޔާން ދޮގުކޮށް، ބަޔާނެއް ނެރެފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމަކަށްވާއިރު އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއްކަމުގައެވެ. " ޔޫތު މިނިސްޓްރީއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައިވެސް ނުވާނެއެވެ. " މާލެ ސިޓީ ކައުންސިލުން ބުންޏެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ،އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް އެ ކައުންސިލުގައި ފެންނަން ނެތްކަމުގައެެވެ.






