
ޖީއެސްޓީ ނަގަނީ ރަނގަޅަށްތޯ ބަލަން މީރާގެ ތަފާތު ކެމްޕޭނެއް
ޖީއެސްޓީ ނަގަނީ ރަނގަޅަށްތޯ ބަލަން މީރާގެ ތަފާތު ކެމްޕޭނެއް
ލިޔުން:
ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ ރޭޓު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކޮށްފައިވާތީ، ވިޔަފާރިތަކުން މިހާރު ޖީއެސްޓީ ނަގަމުން އަންނަނީ ރަނގަޅަށްތޯ ބަލަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަފާތު ކެމްޕޭނެއް ފަށައިފި އެވެ.
ޖީއެސްޓީ ނަގަނީ ރަނގަޅަށްތޯ ބަލަން، "ކޮބާ ރަސީދު" ގެ ނަމުގައި ކުރިޔަށް ގެންދާ އެ ކެމްޕޭނުގައި ކުރާ ކަމަކީ ވިޔަފާރިކޮށްފައި ރަސީދު ހޯދަން އާއްމުންނަށް ބާރު އެޅުމެވެ. ކޮންމެ މަހަކު ނަސީބުވެރިއަކު ހޮވާ "ޕޮރޮމޯޝަނެއް"ގެ ގޮތުގައި ކުރިއަށް ގެންދާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ ވިޔަފާރިކޮށްގައި ރަސީދު (ގަތް އެއްޗިހީގެ ބިލު) ހޯދުަމަށް ފަހު މީރާއިން ކަނޑައަޅާފައިވާ ނަމްބަރު، 7291415 އަށް ވައިބާ މެދުވެރިކޮށް ފޮނުވުމެވެ.
އެގޮތުން ރަސީދު ފޮނުވާ މީހުންގެ ތެރެއިން މަހަކު އެއް ފަހަރު ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެކަމަށާއި އަދި މުޅި ހަރަކާތް ނިންމައިލާ އިރު ، އެންމެ ގިނަ ރަސީދު ފޮނުވާފައިވާ ފަރާތަށް 30،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ވެސް މީރާއިން ބުންޏެވެ. އެ ހަރަކާތް ނިންމައިލާނީ އަންނަ އޭޕްރިލް މަހުގެ 15 ވަަ ދުވަހު އެވެ
މީރާއިން 2015 ވަނަ އަހަރު ވެސް މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
