
ގްރީން ފަންޑުގައި 1.3 ބިލިއަން ރުފިޔާ އެބަހުރި
ގްރީން ފަންޑުގައި 1.3 ބިލިއަން ރުފިޔާ އެބަހުރި
ލިޔުން:
މާޗު މަސް ނިމުނުއިރު، ގްރީން ފަންޑުގައި 1.3 ބިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ގްރީން ފަންޑާއި ގުޅޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގަައި މާޗު މަހުގެ ތެރޭގައި އެ ފަންޑަށް 113 މިލިއަން ރުފިޔާ ޖަމާކޮށްފައިވެެއެވެ.
އޭގެ ތެރެއިން 111 މިލިއަން ރުފިޔާ ދައްކާފައިވަނީ ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި ގެސްޓު ހައުސްތަކުންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓް އަދި 50 ކޮޓަރިން މަތީގެ ގެސްޓްހައުސް އާއި ހޮޓަލުން ދުވާލަކު ބޮލަކަށް 6 ޑޮލަރު ނަގައެވެ. 50 ކޮޓަރިއަށް ވުރެ ދަށް ގެސްޓްހައުސް އަދި ހޮޓާތަކުން ދުވާލަކު ބޮލަކަށް ނަގަނީ 3 ޑޮލަރެވެ.
ލިވަބޯޑު ވެސަލްތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމް ސްޓޭ ވިޔަފާރިތަކުން 13،952 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދައްކާފައިވެއެވެ.
މި މުއްދަތުގައި އެ ފަންޑުން ހަރަދުކޮށްފައިވާ 19 މިލިއަން ރުފިޔާއެވެ. ގްރީން ފަންޑުގައި ހުންނަ ފައިސާއަކީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށް ހާއްސަކޮށްފައި ހުންނަ ފައިސާއެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެ ފަންޑުން ހޭދަކޮށްފައިވަނީ 138،907 ރުފިޔާއެވެ. ފެބްރުއަރީ މަހު 93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޚަރަދުތަކުގެ ތަފްސީލެއް ނޭނގެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
