- އާދައިގެ ހަނޑޫ- 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ- 70 ރުފިޔާ
- ރަތް ހަނޑޫ- 80 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
- އާދައިގެ ފުށް – 10 ރުފިޔާ
- އާޓާ ފުށް – 75 ރުފިޔާ

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ލިޔުން:
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މިއަދުން ފެށިގެން އަންނަ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ދަނީ އަމީނިއްޔާ ސްކޫލު ހޯލުންނެވެ. ޒަކާތް ދެއްކުމަށް އަންނަ ފަރާތްތަކުން ލިލީމަގަށްވާ ދޮރާށިން ބޭނުންކުރުމަށް ޒަކާތު ހައުސްއިން އެދެއެވެ.
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލްމަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު އެކަކުން ހަވީރު ހަތަރެއް ޖެހުމުގެ ނިޔަލަށެވެ. އަދި 9 ވަނަ ދުވަހު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު އެކަކުން އިރުއޮއްސި ހައެއް ޖެހުމާ ހަމަޔަށެވެ.
ޒަކާތު ހައުސްއިން ބުނީ އަތޮޅޫގެ ރަށްރަށުގައި ގޮވާމުން ފިތުރުޒަކާތް ބަލައިގަންނަމުންދާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.
https://twitter.com/ZakatHouseMv/status/1774396525562777686
ގޮވާމުން ފިތުރުޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަސް ނިމުނުއިރު، ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަސް ނިމުނުއިރު، 38،681 މީހަކު ވަނީ ޒަކާތް ދައްކާފައެވެ. މިފަހަރު އަދި މިހާތަނަށް އެންމެގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ. އާދައިގެ ހަނޑުލުން 22،759 މީހަކު ޒަކާތް ދައްކާފައިވާއިރު، 5,208 މީހަކު ވަނީ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައެވެ.
ފިތުރު ޒަކާތް، ދިރާގް، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހިޕޭ އަދި ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުނ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމަޔަށް ޒަކާތް ދެއްކޭނެއެވެ.
އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިނުކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލްގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައެވެ.
ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
