މާލެ: 31°C
ގޯތި ލިބުނު މީހުންނަށް މިނިސްޓަރު ހައިދަރު ލިޔުމެއް ދެއްވައިފި

ގޯތި ލިބުނު މީހުންނަށް މިނިސްޓަރު ހައިދަރު ލިޔުމެއް ދެއްވައިފި

April 9, 2024
2 ފަހަރު ބަލާފައި
ގޯތި ލިބުނު މީހުންނަށް މިނިސްޓަރު ހައިދަރު ލިޔުމެއް ދެއްވައިފި
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް މި ސަރުކާރުން ބިން ދޫކުރާނޭކަން ޔަގީންވާ ލިޔުމެއް ދެއްވައިފިއެވެ. ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓަރ ހައިދަރު ގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް މިހާރު ދޫކުރައްވާފައިވާނެ ކަމަށެވެ. މިނިސްޓަރު ސޮއިކުރައްވާފައިވާ މި ލިޔުން "ހިޔާވަހި"ޕޯޓަލުން މިހާރު ފެންނަން ހުންނާނޭކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. https://twitter.com/MHLUDmv/status/1777553888981500306 ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރިއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދަކީ 19،631 އެވެ. އޭގެ ތެރެއިން، ކުރީ ސަރުކާރު ނިމުނުއިރު،  18،948 ފަރާތަކަށް ވަނީ ގޯތި ދީފައެވެ..ސްކީމުގެ ދަށުން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ. ބިންވެރިޔާ ސްކީމަށް މި ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލުގައި ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ސަބަބުން ކަނޑައެޅިވަރަށް ގޯތި ދެވެން ނެތުމުން، އެފަރާތްތަކަށް ގުޅީފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ