
ތިން މަސްތެރޭ ގޯތިތައް ހަވާލުކުރުން ލާޒިމުކުރާ އިސްލާހު މަޖިލީހުން ބޭރުކޮށްފި
ތިން މަސްތެރޭ ގޯތިތައް ހަވާލުކުރުން ލާޒިމުކުރާ އިސްލާހު މަޖިލީހުން ބޭރުކޮށްފި
ލިޔުން:
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދޫކުރާނެކަމަށް ބުނެ ލިޔުން ދިން ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައީސް ޞާލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރީ ނުހިއްކާ އޮތް ފަޅުންނާއި، ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ސަރަހައްދުތަކުންނެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތައް އަދިވެސް ހިއްކާ ނުނިމެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް (ފޮޓޯ) ވަނީ 19 ވަނަ މަޖިލިސް ނިމުމުގެ ކުރިން، ބިންތައް ރައްޔިތުންނާއި ހަވާލުކުރަން ދޭ މުއްދަތަކީ 3 މަސްދުވަސް ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅުއްވައިފަ އެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސް މިއަދު ވަނީ އެބިލު ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓަށް އަހައިފަ އެވެ.
އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.
ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.
ތިން މަސްދުވަހުގެ ތެރޭގައި ގޯތިހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން، މީކާއީލް ހުށަހެޅުއްވި ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވި އެވެ. އެހެންނަމަވެސް ފަހުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިފަ އެވެ. އޭރު 19 ވަނަ މަޖިލީހުގެ ދައުރު ވަނީ ނިމިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
