މާލެ: 31°C

ގޯތި ދޫކުރާ އިއުލާން ދަންގަޑިއެއްގައި ނެރުނީ އެއީ މަސައްކަތް ނިމުނު ގަޑިކަމަށް ވާތީ: ނިޒާރު

January 26, 2023
2 ފަހަރު ބަލާފައި
ގޯތި ދޫކުރާ އިއުލާން ދަންގަޑިއެއްގައި ނެރުނީ އެއީ މަސައްކަތް ނިމުނު ގަޑިކަމަށް ވާތީ: ނިޒާރު
ގޯތި ދޫކުރާ އިއުލާން ދަންގަޑިއެއްގައި ނެރުނީ އެއީ މަސައްކަތް ނިމުނު ގަޑިކަމަށް ވާތީ: ނިޒާރު
އައްޑޫ ސިޓީ މީދޫ، ހުޅުދޫ އަދި ފޭދޫއިން ގޯތި ދޫކުރުމަށް އިއުލާނު ރޭގަނޑުގެ ދަން ގަޑިއެއްގައި ނެރުނީ އެއީ އެކަމަށް ކުރި މަސައްކަތްތައް ނިމުނުގަޑި ކަމަށް ވާތީ ކަމަށް އައްޑޫ ގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އައްޑޫގެ ތިން ރަށަކުން 500 ގޯތި ދިނުމުގެ އިއުލާނު ދަންގަޑިއެއްގައި ނެރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖެ ޓީވީ "ފަލަސުރުހީ" ގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުން ގޯތި ދޫކުރުމުގެ މަސައްކަތަކީ އައްޑޫ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތް ކަމަށާއި އެގޮތުން ގޯތި ދޭކަން އިއުލާނުކުރަން އިދާރީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. މޭޔަރުގެ ހައިސިއްޔަތުން އެ އިއުލާނުގައި އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ސޮއި ކުރެއްވުނީ މެންދަމު 12 ޖެހި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނުވި އެ މަސައްކަތް އެވަރަށް ކޮށްފައި، ދަން ގަޑިއަކަސް، އިއުލާނު ނުކޮށް އެކަމާ ނުރުހޭ ބަޔަކު ރުއްސަން އަޅުގަނޑުމެން އެކަން ކުރާކަށް. [އަނެއް ދުވަހު ޝާއިރުކުރަން އެ އިއުލާނު ބާއްވާކަށް]،" ނިޒާރު ވިދާޅުވި އެވެ. [embed]https://minivan.mv/78838/[/embed] އެއީ އައްޑޫ ރައްޔިތުންނަށް ޓަކައި ކައުންސިލުން ކުރި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެހެންވީމާ އެކަން ލަސްކުރަން ބޭނުން ނުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫ ކައުންސިލުން އަންނަނީ 24 ގަޑި އިރު ވެސް ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އޭގައި ގަޑިއެއް ގަޑިއެއް ނޯންނާނެ. އަޅުގަނޑުމެން 24 ގަޑި އިރު ހަަމަ ރައްޔިތުންގެ ހިދުމަތުގައި މިތިބެނީ،" ނިޒާރު ވިދާޅުވި އެވެ. އައްޑޫގެ ތިން ރަށަކުން ޖުމްލަ 500 ގޯތި ދޫކުރާނެކަން ހާމަކުރަން ސިޓީކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން އެ ގޯތިތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ފެބްރުއަރީ މަހު އެވެ. ފާޑުކިއުން އަމާޒުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު އައްޑުއަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް، ރޭގަނޑުގެ ވަރަށް ދަން ގަޑިއެއްގައި އެ އިއުލާނު ނެރުމުންނެވެ. އެހެން ނަމަވެސް މޭޔަރު ނިޒާރު ސިފަކުރެއްވި ގޮތުގައި އެކަމަށް ފާޑުކިޔާ ފަރާތްތަކުން ފާޑު އެކިޔަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިނގާ ގޮތް ނޭނގޭތީ އެވެ. "ކަންކަން ހިނގާ ގޮތް ނޭނގެނީ އެވާހަކަ ދައްކަވާ ބޭފުޅަކަށް ނުވަތަ ބޭފުޅުންތަކަކަށް. ކަންކަން ހިނގާ ގޮތް ނޭނގެނީ ސަރުކާރުގެ މިފަދަ ކަންކަން، އިދާރީ ކަންކަމާ މިކަންކަން ހިނގާ ގޮތް ބެއްލެވީމާ އެނގިވަޑައިގަންނަވާނެ މިކަންކަން ކުރުމުގައި ހުރި އުނދަގޫތަކާ އަދި ކުރަން ޖެހޭ ގޮތް،" އޭނާ ވިދާޅުވި އެވެެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަކި ގަޑިއެއް ނޯންނާނެ ކަމަށާއި ރައްޔިތުންނާ ގުޅުންހުރި ކަމެއް ކުރަން ޖެހިއްޖެ ނަމަ ފަތިހު އޮފީސް ހުޅުވައިގެން ވެސް އަދި ވެސް އެ ފަދަ މަސައްކަތްތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫން ގޯތި ދޫކުރާ އިއުލާނު މެންދަމު 12 ގެ ފަހުން ނެރުނުމުން އެކަމާ ހަޖޫ ޖައްސަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެރޭ ވިދާޅުވީ ގޯތި ދޫކުރުމަކީ ރޭގަނޑު ދަންވަރު 12 ޖަހާ އިރު ކުރާ ކަމެއް ނޫން ކަމަށެވެ. ގޯތި ދޭނެ ކަމަށް ކޮންމެ އިންތިހާބެއްގައި ސަރުކާރުން ބުނާ ކަމަށާއި އެކަމަކު ގޯތިތައް ހުރީ ކަނޑު އަޑީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ