މާލެ: 31°C

ގޯއްޗާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅަން ކޮމިޓީއެއް ހަދައިފި

February 22, 2023
2 ފަހަރު ބަލާފައި
ގޯއްޗާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅަން ކޮމިޓީއެއް ހަދައިފި
ގޯއްޗާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅަން ކޮމިޓީއެއް ހަދައިފި
ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ފްރޮގަރާމްގެ ދަށުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފި އެވެ. [embed]https://twitter.com/MoNPHImv/status/1628237965024710656?s=20[/embed] ފަސް މެމްބަރުން ތިއްބަވާ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުުވުން އިއްޔެ ބާއްވާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި ކޮމިޓީގައި ތިއްބަވާނީ؛ 1. އަލްފާޟިލް އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން) 2. އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން 3. އަލްފާޟިލާ މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ 4. އަލްފާޟިލާ އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް 5. އަލްފާޟިލް މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ އެ ކޮމެޓީގެ ޗެއާމަނަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ. އަދި ކޯ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު  އަނަސް އަބްދުއްސައްތާރެވެ. ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވައިލުމުން އެ ދެ ސްކީމަށް ގިނަ އަދަދެއްގެ މީހުން ކުރިމަތި ލި އެެވެ. އެގޮތުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ހުށަހެޅުން އިވެލުއޭޓްކޮށް، ގޯތި ދޭނެ ފަރާތްތައް އަންނަ މޭމަހު ކަނޑައަޅާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ